އިސްރަށްވެހިންގެ ނާދީގައި ނަމާދުގެ މާތްކަމާއި ބެހޭ ގޮތުން ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ އިސްރަށްވެހިންގެ ނާދީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން މާލެ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ ސިލްސިލާ ދަރުސްތަކުގެ ތެރެއިން ނަމާދު ގެ މާތްކަމާއި ބެހޭ ގޮތުން ދަރުހެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ދަރުސް ދެއްވީ އައްޝައިޚް އަބްދުﷲ މިފްޒާލްއެވެ.
އާއިލީ ތަރައްޤީއާާ ބެހޭ މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އިސްރަށްވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ.
އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ.
އަދި އެ ފަދަ ހަރަކާތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 އަށް ގުޅުމަށް އެދިފައި ވެއެވެ.


