މުހިންމު މަސައްކަތެއް ކުރުމަށް މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ޝަބްނަމް މަގު އަދި މުތީ ގޯޅި ހިމެނޭ ސަރަޙައްދުން 06 އޯގަސްޓް 2025 ވާ ބުދަ ދުވަހުގެ (މިއަދު) މެންދުރުފަހު 2:00 އާއި ހަވީރު 4:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
މާލެ ސަރަހައްދާއި ސްޓެލްކޯގެ ހިދުމަތްދޭ ރަށްތަކުގެ ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



