ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފިޔާ ޝިޕްމަންޓް ބާޒާރަށް ވިއްކަން ނެރެފިއެވެ.
މި ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން މާކެޓް ސްޓޭބަލައިޒް ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމުގައި އެސްޓީއޯއިން ބުންޏެވެ.
އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލްސެންޓަރުން މިވަގުތު ފިޔާ ލިބެން ހުންނާނެއެވެ.
އެސްޓީއޯއިން ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުރީ 15 ރުފިޔާއަށެވެ. އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެއެވެ.




