ދ ކުޑަހުވަދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރްޑީސީ)އިން ހިއްސާ ކޮށްފިއެވެ.
އާރްޑީސިން ބުނީ، ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުންދަނީ، ޝަމްސުއްދީން މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކަމަށެވެ.
އަދި މީގެ އިތުރުންއަދި ޝަހީދު އަލީ ހިނގުމުގައި މަގު ކޮނުމުގެ މަސައްކަތް ވެސް ކުރަމުންދާކަން އާރްޑީސީއިން ވަނީ ހާމަކޮށްފައެވެ.

ކުޑަހުވަދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތަށް އާރްޑީސީއާއެކު ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފަހުކޮޅެވެ. މި އެއްބަސްވުމުގެ ދަށުން ކުޑަހުވަދޫގެ 5.85 މަގުގައި ތާރުއެޅުމާއެކު މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމްކޮށް، މަގު ބައްތި ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މިއީ 122 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭ ނިންމާގޮތަށް އާރްޑީސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ނަމަވެސް ކުރީ ވެރިކަން ނިމުނު އިރުވެސް މަޝްރޫއުގެ މަސައްކަތް މާ ބޮޑަކަށް ކުރިޔަކަށް ނުދެއެވެ.



