އުރީދޫ ނޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި އިންޓާ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
މި މަހުގެ 7 ވަނަ ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސްތަކުން ބައިވެރިވެ، ދުނިޔޭގެ އެންމެ މަޤްބޫލު ތިން ވާދަވެރި ޓައިޓަލްގައި ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ މުބާރާތްތައް ކުޅުނެވެ.
އީއޭއެފްސީގައި 20 ކުންފުންޏަކުން 47 ކުޅުންތެރިންނާއި، އެމްއެލްބީބީގައި 5 ކުންފުންޏަކުން 9 ޓީމުގެ 63 ކުޅުންތެރިންނާއި، ޕަބްޖީ މޮބައިލްގައި 9 ކުންފުންޏަކުން 11 ޓީމުގެ 52 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
އުރީދޫ އިން ބުނީ، މި މުބާރާތުގެ ސަބަބުން ރާއްޖޭގައި ހަލުވިކަމާއެކު ފުޅާވަމުންދާ އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމްތަކާއި ކުޅުންތެރިންނަށް ޚާއްޞަ ފުރުޞަތުތަކެއް ލިބިގެންދިޔަ ކަމަށެވެ.
ޕަބްޖީ މޮބައިލް މުބާރާތުގައި ވަނަތައް:
• އެއްވަނަ: ޔުނައިޓެޑް ބީއެމްއެލް އެސްޑީއެމްޒެޑް – 5،000 ރުފިޔާ
• ދެވަނަ: އެމްޓީސީސީ – 3،000 ރުފިޔާ
• ތިންވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 2،000 ރުފިޔާ
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
• އެއްވަނަ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) – 5،000 ރުފިޔާ
• ދެވަނަ: މޯލްޑިވްސް ކަސްޓަމްސް ސާވިސް – 3،000 ރުފިޔާ
• ތިންވަނަ: ބޭންކް އޮފް މޯލްޑިވްސް (ޔުނައިޓެޑް ބީއެމްއެލް) – 2،000 ރުފިޔާ
އީއޭއެފްސީ
• އެއްވަނަ: ޖަނާން މުހައްމަދު – މޯލްޑިވްސް ކަސްޓަމްސް ސާވިސް – 5،000 ރުފިޔާ
• ދެވަނަ: މާހިލް މުހައްމަދު – ޕްރިހާބް ޕްރައިވެޓް ލިމިޓެޑް – 3،000 ރުފިޔާ
• ތިންވަނަ: ހުސެއިން ޔައީޝް – ހިވިން އިންވެސްޓްމަންޓްސް – 2،000 ރުފިޔާ
މޮބައިލް ލެޖެންޑްސް މުބާރާތުގައި އެއްވަނަ ހާސިލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ. އަދި އީއޭއެފްސީ މުބާރާތުގައި އެއްވަނަ ހާސިލުކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޖަނާން މުހައްމަދެވެ.
އަދި މި މުބާރާތުން ކޯޕަރޭޓް ދުނިޔޭގައި އީސްޕޯޓްސްގެ މަޤްބޫލުކަން އިތުރިވުމިން ކުންފުނިތަކުގެ މެދުގައި އެކުވެރިކަމާއި ޓީމް ސްޕިރިޓް ވެސް އިތުރުވެގެންދިޔަ ކަމަށް އުރީދޫއިން ފާހަގަކޮށްފައިވެއެވެ.




