ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި އެވެ.
މި ޕްރޮގްރާމަކީ މޯލްޑިވިއަން ބްލަޑް ޑޯނާސްއާ ގުޅިގެން ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ސްޓެލްކޯއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމްގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވެ އެވެ.
އަދި މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރެއެވެ.

ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ވެސް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ބާއްވަމުން ގެންދެ އެވެ.




