ޑާކްރެއިން އެންޓަޓެއިންމަންޓަކީ އިތުރު ތައާރަފަކަށް ބޭނުންނުވާ، ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާތަނަށް އެންމެ ގިނަ ފިލްމާއި ސީރީސް އުފެއްދި ޕްރޮޑަކްޝަންހައުސްއޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ތަފާތު އެކި ކަހަލަ ފިލްމާއި ސީރީޒް އުފައްދައި، ޑާކްރެއިން މިވަނީ އެތައް ބައެއްގެ ތަރުހީބު އެމީހުންގެ އުފެއްދުންތަކަށް ހޯދާފައެވެ.
އެކަން ދާދިފަހުން ބޭއްވި މޯލްޑިވްސް ސޮސައިޓީ ފޮ ޕަރފޯމިންގް އާޓްސް (އެމްއެސްޕީއޭ) ފިލްމް އެވޯޑްސްގައި ވެސް މިވަނީ ސާބިތުވެފައެވެ. އެ އެވޯޑް ޚަފްލާގައި ޖުމްލަ 26 ކެޓަގަރީއެއް ހިމެނޭއިރު، އޭގެ ތެރެއިން ޑާކްރެއިން ވަނީ 15 އެވޯޑު ކާމިޔާބު ކޮށްފައެވެ.

ޑާކްރެއިން ހާސިލު ކުރި އެވޯޑުތައް:
° ބެސްޓް އެފްއެކްސް މޭކަޕް: އިސްމާއިލް ޖުމާހް (ފިލްމު: ގޮށްރާޅު)
° ބެސްޓް ގްލެމަރ މޭކަޕް: ހުސެއިން ޝަދްޔާން (ފިލްމު: މާމުއި)
° ބެސްޓް ފީމޭލް ޕްލޭބެކް ސިންގަރ: މަރިޔަމް އަޝްފާ (ފިލްމު: ނޮވެމްބަރ ”މޫސުން“)
° ބެސްޓް މޭލް ޕްލޭބެކް ސިންގަރ: ޝައްމޫން މުޙައްމަދު (ފިލްމު: ނޮވެމްބަރ ”ލަފްޒު“)
° ބެސްޓް އޮރިޖިނަލް ސައުޑްޓްރެކް: ޝައްމޫން މުޙައްމަދު (ފިލްމު: ނޮވެމްބަރ ”މޫސުން“)
° ބެސްޓް ބެކްގްރައުންޑް މިޔުޒިކް: މުޙައްމަދު އިކްރާމް (ފިލްމު: ވަކިން ލޯބިން)
° ބެސްޓް އެޑިޓަރ: އަލީ ޝިފާއު (ފިލްމު: މާމުއި)
° ބެސްޓް ޗައިލްޑް އެކްޓަރ: މަރިޔަމް ޔާލާ ޝިފާއު (ފިލްމު: ވަކިން ލޯބިން)
° ބެސްޓް ވިލަން: ހަސަން އިރުފާން- ޒަކިއްޓެ (ފިލްމު: ގޮށްރާޅު)
° ބެސްޓް ޑެބިއު ފީމޭލް: މަރިޔަމް އަޝްފާ (ފިލްމު: ބީވީމާ)
° ބެސްޓް ޑެބިއު ފީމޭލް: އައިޝަތު ތަސްނީމާ (ފިލްމު: ގޮށްރާޅު)
° ބެސްޓް ޑެބިއު މޭލް: ހަސަން އިރުފާން- ޒަކިއްޓެ (ފިލްމު: ގޮށްރާޅު)
° ބެސްޓް އެކްޓަރ: ޖުމައްޔިލް ނިމާލް (ފިލްމު: ގޮށްރާޅު)
° ބެސްޓް ޑައިރެކްޓަރ: އަހްމަދު ޝިނާން (ފިލްމު: ގޮށްރާޅު)
° ބެސްޓް ފިލްމް: ގޮށްރާޅު
މިވަނަތަކާއެކު ޑާކްރެއިންގެ ނަން ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަނީ ގަދަޔަށް ވިދަން ފަށާފައެވެ. އަދި ހަމައެއާއެކު ޑާކްރެއިނުން ދެން އުފައްދާ އުފެއްދުންތަކަކީ ވެސް ވަރުގަދަ އުފެއްދުންތަކަކަށް ޥަނެކަމަށް ބެލުންތެރިން ކުރާ އުންމީދުވެސް މިހާރު މިވަނީ އެތައް ގުނައެއް އިތުރުވެފައެވެ.



