ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން ސުނީލް ޝެޓީއަކީ އަބަދުވެސް ވަރަށް ފިޓުކޮށް ހުންނަ ފަންނާނެއްކަން ފާހަގަވެއެވެ.
އުމުރުން މިހާރު 64 އަހަރު ވެފައިވީނަމަވެސް، ސުނީލްއަށް ބަލާލާފައި އޭނާގެ އުމުރުން 40 އަށްވުރެ މަތިވެފައިވާހެން ހިއެއް ވެސް ނުވެއެވެ.
އެހާ ފިޓުކޮށް ހުރުމުގެ ސިއްރަކީ ސުނީލް ބުނިގޮތުގައި ޖާދޫވީ ޑަޔަޓެއް ނުވަތަ ގިނަވަގުތު ޖިމްގައި ކަސްރަތުކުރުމެއް ނޫނެވެ.
ސުނީލް ބުނި ގޮތުގައި އޭނާ ފިޓުކޮށް ހުރުމުގެ އެންމެ ބޮޑު ސިއްރަކީ އޭނާ ގައިގާ ބުންވަރު ހުރިކަން އަމިއްލައަށް ޤަބޫލުކުރުމާއި ޕޮޒިޓިވް ހިޔާލުތައް ސިކުނޑިއަށް ވެއްދުމެވެ. އޭނާ ބުނި ގޮތުގައި މުސްކުޅިވެދާނީ އޭނާ އެއްވެސް އިރަކު ބިރެއް ނުގަނެއެވެ. އަދި އޭނާގެ އުމުރުގެ ސަބަބުން އެއްވެސް ކަމެއް އޭނާއަށް ނުކުރެވޭނެ ކަމަކަށްވެސް ޤަބޫލެއް ނުކުރެއެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން ސުނީލް ޝެޓީގެ އުމުރުގެ އެތައް ބަޔަކަށް ނުކުރެވޭނެ ކަމަށް އެމީހުން ޤަބޫލުކުރާ އެތައް ކަމެއް އޭނާއަށް ކުރެވޭ ކަމަށާއި ހަށިގަނޑު ރީތިކޮށް ހުންނަނީވެސް އެހެންވެ ކަމުގައި އޭނާ ބުންޏެވެ.



