މާލޭގައި 2018 ވަނަ އަހަރުގެ ތެރޭގައި އުމުރުން 18 އަހަރު ނުވާ އަންހެން ކުއްޖަކު ރޭޕު ކުރި ދިވެހި ދެ ފިރިހެނަކު، 20 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
ރަސްމީ ބޯޅަދަނޑު ސަރަަހައްދުގައި މީގެ ގާތްގަނޑަކަށް ހަތް އަހަރު ކުރިން ހިނގި މި ހާދިސާއާ ގުޅިގެން ހުކުމް ކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.
މި ހާދިސާ ހިނގި އަހަރުން ފެށިގެން، މި މައްސަލައިގައި ހުކުމް ކުރި ދެ ފިރިހެނުން ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން އެމީހުންގެ މައްޗަށް 20 އަހަރު ދުވަހުގެ ހުކުމެއް ކުރި ނަމަވެސް، ޖަލުގައި ބާކީ އެމީހުން ހޭދަކުރަން ޖެހެނީ 13 އަހަރެވެ.
މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރޭޕު ކުރުމުގެ ކުށުގެ ދައުވާއެވެ. މިއީ ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބުނު ކޭސްއެއް ކަމުން މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވައި ނުލައެވެ. އެހެންކަމުން ޝަރީއަތުގެ މަރުހަލާގައި މައްސަލައިގެ މާގިނަ ތަފްސީލެއް އާއްމުވެފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި، ރޭޕް ކުރި ދެ ފިރިހެނުން ހޯދަން (އެދުވަސްކޮޅު) މާލޭގެ ބައެއް ގްރޫޕްތަކުންވެސް ނުކުމެ ބައެއް މާރާމާރީތައް ހިންގިއެވެ. އޭރުގެ ރެކޯޑްތައް ދައްކާ ގޮތުން މި ދެ ފިރިހެނުން އޭރު ފުލުހުންނާ ހަވާލުވީ އަމިއްލައަށެވެ.




