ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަށް 52 އަހަރު ފުރުމާއި ގުޅިގެން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
އެމްއެންޔޫއަށް 52 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ރައީސް މުޢިއްޒު ވަނީ ޤައުމީ ޔުނިވަރސިޓީގެ ހީވާގި ޓީމަށާއި ލޮބުވެތި ދަރިވަރުންނަށް އަހަރީ ދުވަހުގެ މުނާސަބަތުގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
މީގެއިތުރުން އެމަނިކުފާނުގެ ދުޢާ އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދުވަހަކަށް ވުރެ ދުވަހެއް ކާމިޔާބު، ފެންވަރު ރަނގަޅު ޢިލްމީ ހިޔާވައްސަކަށް ވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.



