ރާއްޖެއާއި ޗައިނާ ގުޅިގެން، އިޤްތިޞާދީ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް އައު މަގުތަކެއް ހުޅުވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރައްވާފައިވާ ދަތުރުފުޅާއި ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޗައިނާގެ ރައީސް ރައީސް ޝީ ޖިންޕިންއާއި ބައްދަލުކުރައްވާފައެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ގުޅުމަކީ ވަރުގަދަ ގުޅުމެއްކަމަށާއި، މި ގުޅުން އިތުރަށް ބަދަހިވަމުންދާކަމަށެވެ.
މީގެއިތުރުމް ރައީސް މުޢިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ދެމެހެއްޓެނިވި ތަރައްޤީގައި ދެ ގައުމަށްވެސް ފައިދާވާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ދާއިރާއިން، އެކުގައި ކުރިއެރުމަށް އައު މަގުތަކެއް ހުޅުވިގެން ގޮސްފައިވާކަމަށްވެސް ވިދާޅުވިއެވެ.




