މެލޭޝިޔާގައި މި މަހުގެ 8 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ގަވަރނަންސް އަދި އެޑްމިނިސްޓްރޭޓިވް ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ކޯހުގައި 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާއިރު މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އިނގިރޭސި ބަހުން މުޢާމަލާތް ކުރަން އެނގުމާއި، ވުޒާރާއިން ޚިޔާރުކޮށްފައިވާ ފަރާތެއްކަމުގައި ވުމާއި އިމާމުކަމުގެ ތަޖުރިބާހުރި ފަރާތަކަށްވުން ކަމަށެވެ.
މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ޓިކެޓު ޚަރަދު ކުރުމަށް ހަމަޖެހިފައިވާ އަމިއްލައަށްކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، 2024 ވަނަ އަހަރުވެސް މެލޭޝިޔާއިން އިމާމުންނަށް ތަމްރީނާއި ތަޖުރިބާގެ ފުރުސަތު ހުޅުވާލެވުނެވެ.



