ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޮމްޕެނީ ސެކްރެޓަރީން އައްޔަނުކޮށް ވަކިކުރުމާ ގުޅޭ އުސޫލެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އެކުލަވާލައި، މިއަދު އާންމު ކޮށްފިއެވެ.
ޕީސީބީން މި އުސޫލު ފާސްކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައެވެ.
މިފަދަ އުސޫލެއް ގާއިމް ކުރުމުގެ ބޭނުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސެކްރެޓަރީންނަކީ ކަމަށް އެކަށޭނަ ގާބިލު ބަޔަކަށް ހެދުން ކަމަށާއި މަގާމުގެ މަސްއޫލިއްޔަތުތައް އެއްހަމަކުރުން ކަމުގައި ޕީސީބީން ބުންޏެވެ.
މީގެއިތުރުން އެ މަގާމަށް މީހުން ނަގާ އަދި ވަކިކުރާނެ އުސޫލު އެއްހަމަކުރުމާއި ކުންފުނީގެ ބޯޑުގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަކީވެސް މި އުސޫލު ގާއިމްކުރި ބޭނުމެއް ކަމުގައި އެ ބޯޑުން ބުންޏެވެ.




