ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 7 (އަންނަ އާދީއްތަ ދުވަހު) ގައި ހަމަވާނެއެވެ.
ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި އަހަރުގެ ސްޓާޓަޕް ގްރާންޓުން 3 ވިޔަފާރިއަކަށް ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ހާސިލުކުރާ ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބޭނެއެވެ. އަދި އެ ވިޔަފާރި ހިންގާ ކުރިއެރުވުމަށް ބޭނުންވާ ލަފާވެސް ބޭންކުން ފޯރުކޮށްދޭނެއެވެ.
ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް ވެސް އެދި ހުށަހެޅޭނެއެވެ.
އެގޮތުން އަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން startupgrant@bml.com.mv އީމެއިލް މެދުވެރިކޮށް އެދި ހުށަހެޅޭނެއެވެ.



