އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރި އެރިކް ޓްރަމް، ސޫމޯ ރެސްލް ކުރެވޭތޯ މަސައްކަތް ކޮށްފިއެވެ.
އުމުރުން 41 އަހަރުގެ އެރިކް، ސޫމޯ ރެސްލިންގް ކުރަން މަސައްކަތް ކޮށްފައިވަނީ، މި މަހުގެ 1ވަނަ ދުވަހު ޖަޕާނަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެރިކް ޖަޕާނަށް ގޮސްފައިވަނީ ޖަޕާނުގެ ބިޓްކޮއިން ޓްރީޝަރީ ކުންފުންޏެއް ކަަމަށްވާ މެޓާޕްލެނެޓާއެކު އޮތް ޝެއާހޯލްޑަރުންގެ ބައްދަލުވުމަކަށެވެ.
އޮފިޝަލް ދަތުރެެއްގައި ޖަޕާނަށް ދިޔަ ނަމަވެސް، އެ ދަތުރުގައި ޖަޕާނުގެ ސަގާފަތާ ބެހޭގޮތުން ވެސް މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް އެރިކް ކުރި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން އޭނާ ކުރި އެއް މަސައްކަތަކީ، ޖަޕާނުގައި އާންމުކޮށް ކުޅޭ ކުޅިވަރެއް ކަމަށްވާ ސޫމޯ ރެސްލިންގް ކުރެވޭތޯ މަސައްކަތް ކުރުމެވެ.
އެގޮތުން އެ ކުޅިވަރުގައި ނަން މަޝްހޫރު ޔޯކޯޒުނާއާ ވާދަކޮށް އެރިކް ވަނީ ސޫމޯ ރެސްލިން މެޗެއް ކުޅެފައެވެ.
އެ މެޗުން އެރިކް ބަލިވިނަމަވެސް އޭނާ ބުނީ އެއީ ވަރަށް ޝައުގުވެރި ކުޅިވަރެއް ކަމަށާއި ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ.



