މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މަންތްލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ %88.8 އިތުރުވެފައެވެ.
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި:
° މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން 52،763 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓު ކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 27،950 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %88.8 އިތުރުވުމެކެވެ.
° ތާޒާ ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 47،902 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 23،234 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %106.2 އިތުރުވުމެކެވެ.
° ކަނޑުމަސް ނުހިމަނާ ފިނިކުރި، ތާޒާ މަހުގެ ގޮތުގައި 430 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 391 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %10 އިތުރުވުމެކެވެ.
° ޕްރޮސެސްކޮށްގެން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 895 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 572 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %65 އިތުރުވުމެކެވެ.
° މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ދަޅުގައި ބަންދުކޮށްގެން ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ އަދަދު ވަނީ ދަށްވެފައެވެ. އެއީ 3،536 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 3752 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %5.8 ދަށްވުމެކެވެ.




