މާލެއިން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފިއެވެ.
ގެއްލިގެން ހޯދަމުންދަނީ، ޝަހުމުﷲ ސާޖިދު (33އ) މަންޒިލް / ބ. ކެންދޫއެވެ.
ފުލުހުން ބުނީ، އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި ސެޕްޓެމްބަރު މަހުގެ 04 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ގެންދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ.
ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދިފައިވެއެވެ.



