މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ މަންޒިލް / ބ. ކެންދޫ ޝަހުމުﷲ ސާޖިދު (33އ) އެވެ.
ފުލުހުން ބުނީ ޝަހުމުﷲ ރާއްޖޭގެ ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޝަހުމުﷲ ހޯދުމުގެ މަސައްކަތް ފުލުހުން ފެށީ އާއިލާއަށް އޭނާގެ ހަބަރެއް ނުވެ ގެއްލިފައިވާތީ ރޭ ރިޕޯޓުކުރުމާ ގުޅިގެންނެވެ.
ޝަހުމުﷲ އަކީ މާލޭގައި ދިރިއުޅެމުން އަންނަ މީހެކެވެ.




