ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ކޯޓަށް ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފައި ވަނީ ލައިޓްހައުސް / ގއ.ވިލިނގިލި، ޝަހީބް އިބްރާހީމް (47އ) އެވެ.
ޝަހީބް އިބްރާހީމް ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށެވެ.
ފުލުހުން މިއަދު ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން ބަންދުގައި ބަހައްޓައިގެން 2025 ސެޕްޓެންބަރު 14 ވަނަ ދުވަހުގެ 18:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ފުލުުހުން ދަނީ އޭނާ ހޯދަމުންނެވެ.
ޝަހީބް އިބްރާހީމްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



