ލީވުޑްގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑިރެކްޓަރ ކަރަން ޖޯހަރްގެ ނަން، އޭނާގެ ހުއްދަނެތި ވިޔަފާރި އުސޫލުން ބޭނުން ކުރާތީ، ކަރަންގެ ޤާނޫނީ ޓީމުގެ ފަރާތުން އެ މައްސަލަ އިންޑިއާގެ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ކަރަންގެ ޤާނޫނީ ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން އޭނާގެ އިސް ވަކީލު ރާޖޭޝްކަރް ރާއޯ ބުނީ، ކަރަންގެ ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓުކުރާ ފޮޓޯތައް ބޭނުންކޮށްގެން ވަރަށް ގިނަ ވެބް ސައިޓުތަކުގައި އެކި ކަހަލަ ކަންކަމަށް ފަންޑު ހޯދުމަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ވެބްސައިޓު ތަކުގެ އިތުރުން ކަރަންގެ ނަމުގައި ސޯޝަލް މީޑިއާ ޕޭޖްތަކެއް ވެސް ބަޔަކު ހިންގަމުން އަންނައިރު އެ ޕޭޖުތަކުން ކަރަންގެ ނަމުގައި ވިޔަފާރިތައް ވެސް ހިންގަމުން އަންނަ ކަމަށް މި މައްސަލައިގެ ތަފުސީލުގައި ވަނީ ބުނެފައެވެ.




