މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވަާާލުކޮށްގެން ތ. ބުރުނީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަޅައިފިއެވެ.
ބުރުނީގައި އިމާރަތްކުރާ އެފްއާރްސީގެ ބިންގާ އަޅައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފެވެ.
އެމްއޭސީއެލް އާއި ހަވާލުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބުރުނީ އެފްއާރްސީގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދުބުރުންޏަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.
މި މަޝްރޫޢު އެމްއޭސީއެލާއި ހަވާލުކޮށްފައި ވަނީ 5.28 މިލިއަން ރުފިޔާއަށް 250 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ.
ބުރުނީ އެފްއާރްސީ އިމާރާތް ނިމޭއިރު އިންޑޯ ހޯލަކާއި އިންޑޯ ޖިމަކާއި އެރޮބިކްސްއަށް ހާއްސަ ތަންތަން ހުންނާނެއެވެ.
މީގެ އިތުރުން މީޓިން ރޫމަކާއި އޮފީސްބައެއްވެސް މި އެފްއާރްސީގައި ހުންނާނެއެވެ.



