އައްޑޫ ހިތަދޫގައި ހުންނަ ވިޔަފާރި ބަނދަރުން ޑިއުޓީ ނުދައްކައި ވަގަށް ކްލިއަރ ކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިންނެވެ.
ފާއިތުވި ދުވަސްތަކުގައި ސިނގިރެޓާއި ދުންފަތުގެ އެހެނިހެން އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ސަރުކާރުން ބޮޑުކުރުމާ ގުޅިގެން، ޑިއުޓީ ނުދައްކައި ވަގަށް ސިނގިރެޓް އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފި.
މިތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިން. pic.twitter.com/YAJB4JuQQM
— Maldives Customs Service (@CustomsMv) September 24, 2025
ހިފެހެއްޓި ތަކެތީގެ ތެރޭގައި ރެޑްބުލް ހިމެނޭ ކަމަށް ބުނެފައިވީ ނަމަވެސް، އެއީ ނައްތާލުމަށް ބަހައްޓާފައި ހުރި ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.




