ރާއްޖޭގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އަޕާ ނޯތު ޕޮލިސް ހިމެނޭ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އާއި ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ބަލަމުންދާ ކަމަށެވެ.
އެ ވީޑިއޯ ދައުރު ކުރުމަކީ މި އަމަލުގެ ސަބަބުން ޝިކާއަރަކަށް ވެފައިވާ ކުއްޖާ ރީ ވިކްޓިމައިޒްވެ، ކުއްޖާގެ ކަރާމާތަށް އުނިކަން އަތުވެދާނެ ކަމެއް ކަމަށާއި، ވީޑިއޯ އިތުރަށް ޝެއާކޮށް، ދައުރު ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



