ހުޅުމާލެ ހޮސްޕިޓަލަށް 15 ރެޖިސްޓަރޑް ނަރުހުން ހޯދަން އިޢުލާންކޮށްފިއެވެ.
އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ، ރެޖިސްޓާޑް ނަރުހެއްގެ މުސާރަ ރޭންކްއާ އެއްގޮތަށް ލިބެމުންދާއިރު، އެއީ 11,428ރ. އާއި 13,057ރ. ކަމަށެވެ.
އަދި މަގާމުގެ އެލަވެންސްގެ ގޮތުގައި 5,333.ރ އާއި 6،094ރ. ލިބޭނެ ކަމަށާއި، ހާޒިރީ އެލަވެންސްގެ ގޮތުގައި ވަކި އަަދަދެއް ކަނޑައަޅާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނާސިންގ ކެއަރ ރާވައި، ޚިދުމަތް ދިނުމާއި އިވެލުއޭޓްކުރުމެވެ.
މީގެ އިތުރުން ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާޢީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިންގ ކެއަރގެ ޕްލޭން އެހެން ސިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށް ރާވައި، އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދިނުން ހިމެނެއެވެ.




