މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ޕީއެސްއެމްގެ ޕްރެޒެންޓަރ އިނާޔަތު އަލީ، ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ފުލުހުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައި އިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގައެވެ.
އިނާޔަތުގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު، އޭނާވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. އަދި އޭނާގެ ބަންދަށް އެއިރު ވަނީ ހަތް ދުވަސް ޖަހާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންމިއަދު ބުނީ، ޝަރުތުތަކަކާއެކު މިހާރު އިނާޔަތު ދޫކޮށްލާފައިވާ ކަމަށެވެ.
އިނާޔަތު ހައްޔަރުކުރީ ކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުންނާ ގުޅޭ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ކުރިން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.
މި މައްސަލައިގައި އިނާޔަތުގެ އިތުރުން ހައްޔަރު ކޮށްފައިވަނީ މާލެ، މއ. މަޒާގެ / އާމިނަތު އިލްޔީން އަހްމަދު (25އ.) އާއި ހަމަ އެގެއިން މުޙައްމަދު އައިޝް އަހްމަދު (31އ.) އެވެ. މިއީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.




