އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫއާ ވަޑައިގެން އެކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މިގޮތުން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފައްޓަވާދެއްވާފައިވަނީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

މަހިބަދޫ މަގުތައް ތަރައްޤީކުރުމުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއެވެ.
ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރަށްރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި، އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް އަލުން ހެދުމަށެވެ.
މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ މުހިންމު ވަސީލަތްތައް ވެސް ޤާއިމްކުރެވޭނެއެވެ.



