ލ. ގަމުގައި ހިނގި މާރާމާރީއެއްގައި ހަތަރު ފިރިހެނަކާއި އަންހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލ. ގަމުގައި ދެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިނގާފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭގެތެރޭގައި 29 އަހަރުގެ 3 ފިރިހެނަކާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ހިމެނޭކަމުގައި ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީ ވެސް ދިވެހީންނެވެ.
ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައި ނުވި ނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




