ގެދޮރުވެރިޔާ“ ސްކީމް ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުތަށް ލިބިފައިވާ ފަރާތްތަކުން އެއްބަސްވުމާއި ހިލާފަށް ފްލެޓުތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް ފްލެޓުތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން، ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރެވޭ ފްލެޓްތަކެކެވެ.
އަދި އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް ހަމްދާން ވިދާޅުވިއެވެ.
ފުލެޓު ދީ ނުނިމި އުޅެނިކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި މިހާރުވެސް ވަނީ އިޝްތިހާރުތައް ކުރަން ފަށައިފައެވެ.
އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޫކުރަން ވެސް އިޝްތިހާރު ޖަހާފައިވެއެވެ. އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ.




