ށ. ނޫމަރާ ކައުންސިލް އިދާރާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައި ދެއްވައިފިއެވެ.
ނޫމަރާ ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައިދެއްވީ ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަކަށް މިއަދު ހެނދުނު ފަށާފައިވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
ކައުންސިލު އިދާރާ ހުޅުވައިދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ އެރަށު ކައުންސިލު މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރައްވާ މެންބަރުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ށ. އަތޮޅުގައި މީހުން ދިރިއުޅޭ 14ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށެވެ.
މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.




