މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ”އަލްމާކް ފިޔަ“ ކިޔާ ކޮޅުވެއްޓިއެއް މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ތިންވަނަ މީހާގެ ހަށިގަނޑުވެސް ފެނިއްޖެއެވެ.
ޖުމްލަ 7 މީހުންނާ އެކު ދަތުރުކުރި އެ ކޮޅުވެއްޓިން ހަތަރު މީހުން ކޯސްޓްގާޑުން ވަނީ ސަލާމަތްކޮށްފައެވެ. އަދި، ތިން މީހަކު އެއިރު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފެށިއެވެ.
ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން ފުރަތަމަ ފެނުނީ ގއ. ދާންދޫ ސަރުސޫނުގެ / އަހުމަދު ޝިފާން (38އ.) އެވެ. ނަމަވެސް އޭނާ ފެނުނުއިރުވެސް ވަނީ ނިޔާވެފައެވެ.
ފުލުހުން ބުނީ ކޯސްޓް ގާޑްގެ ޑައިވަރުންނަށް ދެވަނަ މީހާގެ ހަށިގަނޑު 16ވަނަ ދުވަހުގެ 15:45 ހާއިރު ކަނޑު އަޑިން ފެނިފައިވާ ކަމަށެވެ. އެއީ ބިދޭސީއެކެވެ.
އެމްއެންޑީއެފް އިން ދާދި ދެންމެއަކު ބުނީ، މި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު އަދާހަމަ: ބަންޑުން ޖަހާލައި، އަޑިއަށް ދިޔަ ”އަލްމާކް-ފިޔަ“ ލޭންޑިންގ ކްރާފްޓުން ގެއްލިގެން ހޯދަމުންދިޔަ ތިންވަނަ މީހާގެ ހަށިގަނޑު މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ. އެއީ ވެސް ބިދޭސީއެކެވެ.



