ފުލުހުން މިދިޔަ މަހު ރިކަވާ ކޮށްފައިވާ މުދަލުގެ ތެރޭގައި 109 ސައިކަލް ހިމެނޭ ކަމަށާއި އޭގެ އަގު 6.8 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކުރި ”މާލޭ ފްރަންޓްލައިން ޕޮލިސިން“ ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު 1 އިން 30 ގެ ނިޔަލަށް ފުލުހުން ރިކަވާ ކުރި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާއަށްވުރެ ގިނައެވެ. އެގޮތުން އޭގެ ތެރޭގައި އެންމެ ގިނައިން ރިކަވާ ކޮށްފައިވަނީ ސައިކަލެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއްދަތުގެ ތެރޭގައި ފުލުހުން ވަނީ 14 ފޯނު ވެސް ރިކަވާ ކޮށްފައެވެ. އޭގެ އަގަކީ 154،562 ރުފިޔާއެވެ.
ފުލުހުން ރިކަވާކުރި އިތުރު ސާމާނު:
° 8 މައްސަލައެއްގައި އިލެކްޓްރޯނިކްސް ސާމާނު ރިކަވާ ކުރި. އޭގެ އަގަކީ 32،300 ރުފިޔާ
° ފައިސާގެ 20 މައްސަލައެއްގައި 588،822 ރުފިޔާ ރިކަވާކުރި.
° އެެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 39 މައްސަލައެއްގައި 43،115 ރުފިޔާ ރިކަވާކުރި.


