ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ވަރަށް ތަފާތު ލޯބީގެ ފިލްމެއް އޮލިމްޕަސް ސްކްރީނަށް ގެނެސްދޭނެ ކަމަށް ބުނެފައިވާއިރު، މިހާރު ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރަމުންދާ އެއް ވަގުތަކީ، މި ފިލްމަށް ކިޔާ ނަން އެނގުމަށާއި ފިލްމާ ބެހޭގޮތު އިތުރު މައުލޫމާތު ހޯދުމަށެވެ.
މި ފިލްމަށް ކިޔާ ނަން މާދަމާ ރޭ ހާމަކުރަން ނިންމާފައިވާއިރު، އޭގެ ކުރިން ޑާކްރެއިނުން ވަނީ ވަރަށް ވެސް ޝައުގުވެރި މުބާރާތެެއް ބެލުންތެރިންނަށްޓަކައި ފަށާފައެވެ.
އެގޮތުން މި ފިލްމަށް ކިޔާ ނަން ދިމާކޮށްގެން، ފިލްމުގެ ޕްރިމިއަރ ނައިޓަށް ހިލޭ ޓިކެޓު ލިބޭނެ ފުރުސަތު ޑާކްރެއިނުން ވަނީ ހުޅުވާލާފައެވެ.

ޑާކްރެއިނުން ޑިސެމްބަރު 1 ގައި ނެރޭ ފިލްމަށް ކިޔަނީ މިތަނުން ކޮން ނަމެއް؟
° އަލްވަދާއު
° އުމުރަށް ސަލާން
° ދެން ލަލަލާ
ޑާކްރެއިނުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓަށް ކޮމެންޓު ކޮށްގެން ނަން ދިމާކުރުމުގެ ސުންގަޑިއަކީ މާދަމާ ރޭގެ 7:59 އެވެ.



