ެއަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް މުޢިއްޒު މިގޮތަށް ހަމަޖައްސަވާފައިވާކަން ރައީސް އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ.
އެގޮތުން އެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަބްދުﷲ ފަޔާޟް ސޮއި ކުރައްވާ ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ، ނަސްރުގެ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 3ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވާއިރު، އެދުވަހުގެ ކުރިއަށް އޮތް ދުވަހަކީ (ނޮވެމްބަރ 2ވަނަ ދުވަހަކީ) ރަސްމީ ދުވަހެއް ކަމަށްވުމާއެކު ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްވައިދެއްވުމަށް ރައީސް މުޢިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ.
އެހެންކަމުން މިމަހުގެ 31 ވާ ހުކުރު ދުވަހުން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދުވާނެއެވެ.
އެ ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ ނޮވެންބަރު 4 ވާ އަންގާރަ ދުވަހުއެވެ.



