ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް މަހެއް ފަހުން މިއަދު ރިކަވަރ ކޮށްފިއެވެ.
ރައީސް އޮފީހުގެ ރަސްމީ ޔޫޓިއުބް ޗެނަލް ހެކްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހުގައެވެ. އެ ޗެނަލުން އެންމެ ފަހުން އަޕްލޯޑުކޮށްފައިވަނީ މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. ނާލާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ވީޑިއޯ ކްލިޕެކެވެ.
މިއަދު އެ ޗަނަލް ރިކަވާކޮށްފައިވާއިރު، ދިމާވި މައްސަލައެއް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައެއްނުވެ އެވެ.
އެނގިފައިވާ ގޮތުގައި، ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލުނީ ބަޔަކު ހެކް ކުރުމުންނެވެ.
ޗެނަލް ގެއްލުނު ފަހުން ރައީސް ދެއްވާ ހާއްސަ ބަސްދީގަތުންތަކާއި ރަސްމިއްޔާތުތައް އަދި އެކިއެކި ހާއްސަ މުނާސަބަތުތަކާ ގުޅޭ ވީޑިއޯތައް އެ ޗެނަލަށް އަޕްލޯޑުކުރެ އެވެ. ނަމަވެސް، މިދިޔަ މަހު އެ ޗެނަލް ގެއްލުނު ފަހުން، ރައީސް ކުރެއްވި ދަތުރުފުޅުތަކާއި އެ ދަތުރުފުޅުތަކުގައި ބައިވެރިވި ޖަލްސާތަކުގައި ދެއްކެވި ވާހަކަފުޅުތައް އަދި އެ ޗެނަލަށް އަޕްލޯޑެއް ނުކުރެއެވެ.




