ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގައި ހުންނެވި މާފުށި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ރިޒާ އާދަމް އެ ކޮމިޝަނުގެ ރައީސްކަމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޖޭއެސްސީގެ ރައީސް ކަމުން ރިޒާ އިސްތިއުފާ ދެއްވިކަން އެ ކޮމިޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވާފައެއް ނުވެއެވެ.
އެ ކޮމިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މަޖިލީހުން ކަނޑައަޅާފައިވާ ރިޒާގެ އިސްތިއުފާ ސިޓީ އެ ކޮމިޝަނަށް ފޮނުވީ މިއަދެވެ.
މީގެކުރިން ޖޭއެސްސީގެ ނައިބު ރައީސް ކަމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމުން، އެ މަގާމު ވަނީ ކޮމިޝަނުގައި އިންނަވާ ރައީސް މުހައްމަދު މުއިއްޒުގެ މެންބަރު ޔަޒްމީދު މުހައްމަދު ވަނީ އިންތިހާބުކޮށްފައެވެ.
ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި ނިޔާޒު ވޯޓު ދެއްވަނީ ފަނޑިޔާރުންނާ އެއްކޮޅަށެވެ.



