މޯލްޑިވްސް އިމިގްރޭޝަނަށް ބޭނުންވާ ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އަނެއްކާ ވެސް ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިފަހަރު ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމަށް އިއުލާންކޮށްފައި ވަނީ އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުގެ މަޤާމަށެވެ.
އެގޮތުން 70 މުވައްޒަފުން މި މަޤާމުތަކަށް ބޭނުންވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެހެންވެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނާ އިންޓަވިއު ކުރަން އަންނަ މަހުގެ 1 ގައި ހުޅުމާލޭގެ ފޭސް ދޭއްގެ ސަލާހުއްދީން ސްކޫލްގައި ބާއްވަން ވަނީ ނިންމައިފައެވެ. އެއީ އެ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.
އިމިގްރޭޝަނުން ވަނީ، މި އަހަރުގެ މެއި މަހުގެ ތެރޭގައިވެސް 50 ވަޒީފާގެ ފުރުސަތަށް ހުޅުވާލާފައެވެ.



