ހުޅުމާލެއިން މާލެ ދިއުމަށް އޮންނަ ހައިވޭ މަތިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ކާރެއްޖެހި އެކްސިޑެންޓެއް ހިގައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހައިވޭގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ކާރެއް އެކްސިޑެންޓްވެ މިއަދު ހަވީރު 4:00 ގައި ފުލުހުންނަނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހައިވޭ، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅިން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.
މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ލިބިފައިނުވި ނަމަވެސް، ދެ ކާރަށް ބޮޑެތި ގެންލުންތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




