ރޭ ފަތިހުން ފެށިގެން ހުއްޓުމެއްނެތި ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ފެންބޮޑުވުމާއި ގުޅިގެން ފެންހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވަނީ ފަށާފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެ، މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ ކުރިޔަށް އޮތް ވަގުތުތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރާ ކުރުމާއެކު ގުގުރާނެ ކަމަށެވެ. މީގެ އިތުރުން ކަނޑުތައްވެސް ގަދަވުމާއި ގުޅިގެން، ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



