ކ. ތިލަފުށި ޓީޖެޓީ ސަރަހައްދުގައި ހުރި ސައިކަލެއްގެ ވެރިފަރާތް ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފިއެވެ.
އެޗްޑީސީއިން މިއަދު ނެެރުނު އިއުލާނުގައި ބުނީ، ތިލަފުށީ ޓީ ޖެޓީ ސަރަހައްދުގައި ގަވައިދާ ހިލާފަށް ބަހައްޓާފައިވާ ހޮންޑާ ވޭވް 125 ( ޕްލެޓް ނަމްބަރު AAOB-P5934) ސައިކަލު އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް އެ ކޯޕްރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.
ވީމާ މި ސައިކަލުގެ ވެރިފަރާތެއް ވާނަމަ އެޗްޑީސީގެ ހޮޓް ލައިން 1516 އަށް ގުޅާ މައުލޫމާތު ސާފުކުރުމަށް ފަހު މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި ސައިކަލު އެ ސަރަހައްދުން ނެގުމަށް އެޗްޑީސީން އެ އިއުލާނުގައި އަންގާފައިވެއެވެ.

އެޗްޑީސީން އިތުރަށް ބުނިގޮތުގައި، މި މުއްދަތު ތެރޭގައި އެ ސަރަހައްދުން ސައިކަލު ނަގާފައިނުވާނަމަ އެއީ ވެރިފަރާތުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ އުޅަނދެއް ކަމަށް ބެލޭނެ ކަމަށެވެ.

އަދި އެއަށްފަހު އެ ކޯޕްރޭޝަނުން ކަނޑައަޅައި ގޮތެއްގެ މަތިން ސައިކަލާއި މެދު އަމަލު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.



