ކ. އަތޮޅުގައި އޮންނަ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޗައިނާގެ ފަތުރުވެރިއަކު ގެނބިގެން ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މި ހާދިސާގައި ގެނބިފައިވަނީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ. އަދި ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ މި ދެ ފަތުރުވެރިންގެ ހާލު ވެސް ރަނގަޅެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.



