މ. މުލަކު މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ތެރެއިން ކުރާ މަސައްކަތްތައް، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހަލުވިކަމާއެކު ދަނީ ކުރަމުންނެވެ.
މިގޮތުން، މިވަގުތު ކުރިއަށްދަނީ އަމީނީ މަގުގައި ދުވާރުގެ މަސައްކަތްތަކުގެ ތެރެއިން ކޯނަރ ކާރބްލައިންގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތްކަމަށް މިރޭ އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.





