ގަވައިދާ ހިލާފަށް މާލޭގައި ވިޔަފާރި ކުރާ 10 ތަނެއް ބަލައި ފާސްކޮށް، ސިނގިރޭޓް ވިއްކަމުން ދިޔަ ދެ ތަނެއް ބަންދުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އިކޮނޮމިކް މިނިސްޓްރީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިއަދު 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މި ތަންތަނުގެ ތެރެއިން ދެ ތަނެއް ބަންދުކުރެވި، ހުރި މައްސަލަތައް ރަނގަޅުކުރުމަށް އެއް ތަނަކަށް ނޯޓިސް ދީފައިވާ ކަަށް ފުލުހުން ބުންޏެވެ.
އަދި ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ، ބަންދުކޮށްފައިވާ ދެ ތަނަކީވެސް ގަވާއިދާ ހިލާފަށް ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ދެތަން ކަމަށާއި، ދެ ތަނުންވެސް ދުންފަތުގެ ބާވަތްތައް ފެނިފައިވާ ކަމަށެވެ.




