ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ”ލިއޯ ޕާލް“ ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ލޭންޑިންގް ކްރާފްޓް ބަންޑުން ޖަހާލިއިރު އޭގައި ފަސް މީހުން ދަތުރުކުރަމުން ދިޔަކަމަށެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
”މި ލޭންޑިންގ ކްރާފްޓްއިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ”ސީއެމްބިއުލާންސް 21“ އަށް ނަގާފައި. ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ”ހަކުރާ“ ދަނީ ހަރަކާތްތެރިވަމުން.“ އެމްއެންޑީއެފް އިން ބުންޏެވެ.
ތަފުސީލު އަންނަނީ…



