ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުވުމެއް ކަމަށް ހީނާ ވިދާޅުވިއެވެ.
އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ވަނީ އަރުވާފައެވެ.
ރައީސް ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ މި އަހަރު ނިމެންވާއިރަށް އެއްކޮށް ދޭނެ ކަމަށް ދާދިފަހުން ރައީސް ވަނީ ވިދާޅުވެފައެވެ.



