އދ. މަހިބަދޫގައި ހަދާ ފުޓްސަލް ދަނޑުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އދ. މަހިބަދޫގައި ހަދާ ފުޓްސަލް ދަނޑުގެ މަސައްކަތްތަކުގެ ތެރެއިން ބިންގަނޑު ކޮމްޕެކްޓް ކުރުމާއި ފެންސު ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ސައިޑް ވޯކް ކޮންކްރީޓްގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އެކުންފުނިން ބުންޏެވެ.

އާރުޑީސީން ގިނަ ރަށްތަކެއްގެ ކުޅިވަރު އިންފްރާސްޓަކްޗަރއަށް ބިނާކުރުމަށް ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ކުރަމުންން އަންނައިރު، ސަރުކާރުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދާއިރު، ސަރުކާރުން އެންމެ އިސްކަމެއް ދެނީ ރަށްރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި، އެންމެ ބޮޑަށް ހަލާކުވެފައިވާ މަގުތައް އަލުން ހެދުމަށެވެ.
މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުން ފަދަ މުހިންމު ވަސީލަތްތައް ވެސް ޤާއިމްކުރެވޭނެއެވެ.



