މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުއްނޫރު ވަގުފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކޮށް، މައުލޫމާތު ސާފުކުރުމަށްފަހު އެ މިނިސްޓްރީއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައި ވެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޑިސެންބަރު 24 ވަނަ ދުވަހުގެ 10:00 ގައެވެ.
މިނިސްޓްރީން ވަނީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޑިސެންބަރު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކުމެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދިފައެވެ.




