އައްޑޫ ހިތަދޫގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެެފުން ބުނީ ހަވާރު އަރުވާނީ މިރޭ 10:15 ގައި ކަމަށެވެ.
ހަވާ އަރުވަން ހަމަޖެހިފައި ވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކަމަށާއި، ހަވާ އެރުވުން ކުރިއަށް ގެންދާނީ 3 މިނެޓެއްހާ އިރަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ސިފްކޯއިން ވަނީ މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ.
ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލޭގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް ވަނީ ހަވާ އަރުވާފައެވެ.



