ހުޅުމާލެ ހޮސްޕިޓަލުގެ މެންޓަލް ހެލްތް ސެންޓަރަށް ހަ ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި މަގާމަށް 22 ޑިސެމްބަރު 13:30ގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިގޮތުން އެ ދުވަހުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގެ ކޮވެލި ބިލްޑިންގެ 4 ވަނަ ފަންގިފިލާ އަށް ނޫނީ http://jobs@hmh.m އަށް މެއިލް ކުރެވޭނެއެވެ.
ރެޖިސްޓާޑް ނަރުހެއްގެ މުސާރަ ރޭންކްއާ އެއްގޮތަށް ލިބޭއިރު، ރޭންކް ފަހެއްގެ ނަރުހަކަށް މުސާރައިގެ ގޮތުގައި 11,428 ރުފިޔާ އާއި އެލަވެންސްގެ ގޮތުގައި 5,333 ރުފިޔާ ލިބޭނެއެވެ. އަދި ރޭންކް ހަތެއްގެ ނަރުހަކަށް މުސާރައިގެ ގޮތުގައި 13,057 ރުފިޔާ އާއި އެލަވެންސްގެ ގޮތުގައި 6,094 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ހާޒިރީ އެލަވެންސްގެ ގޮތުގައި ވަކި އަދަދެއް ކަނޑައަޅާފައި ވެއެވެ.
މި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ރައްކާތެރިކަމާއެކު ބަލިމީހުންނަށް ބޭނުންވާ ނާސިން ކެއާ ރާވާ، ހިދުމަތްދީ، އިވެލުއޭޓްކުރުމެވެ.
އަދި ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނާސިން ކެއާގެ ޕްލޭން އެހެން ސިއްހީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވާ އެ ޕްލޭނާ އެއްގޮތަށް ފަރުވާދިނުމެވެ.



