ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވި މީހާގެ ޖަނާޒާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އަލިފާނުގެ ހާދިސާގައި ފިހިގެން ނިޔާވީ ސްޓެލްކޯގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 42 އަހަރުގެ އަހުމަދު އަޒްމީލްއެވެ.
ބައު އިންޖީނުގޭގެ ސްވިޗް ގިއަރ އަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި މިދިޔަ މަހު 26 ވަނަ ދުވަހު އަޒްމީލް ވަރަށް ބޮޑަށް ފިހުނެވެ.
ނިޔާވީ އިތުރު ފަރުވާއަށް ބެންކޮކަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ.

އަޒްމީލްގެ ޖަނާޒާ ބާއްވަނީ ހުޅުމާލެ ސަހަރާގައެވެ. ކަށުނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހުގައެވެ.



