ހުކުރު ދުވަހު ބާއްވާ އުރީދޫ ފަން ރަންއާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރު ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އުރީދޫން ބުނެފިއެވެ.
މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.
އުރީދޫއިން ބުނިގޮތުގައި މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން، ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދިނުމުގެ މަގުސަދުގައި ބާއްވާ އިވެންޓެކެވެ.
ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ.
މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމެނިފައިވާނެ ކަމަށް އުރީދޫން ބުންޏެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ހަރަކާތަކީ ކުޑަކުދިންގެ ފެވަރިޓެއް ކަމައްވާ ރޮބޯމޭން ގެ ހަރަކާތެވެ.
މީގެ އިތުރުން، މި ހަރަކާތުގައި ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް ބައިވެރިވާނެ އެވެ. އެގޮތުން، އެ އެސޯސިއޭޝަނުން މަކާއޯ ދޫނިތައް ދައްކާލުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.



